ސިޔާސީ , ޚަބަރު

އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ލަމްއާން

1 މޭ 2026 - 16:19
އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ލަމްއާން
ފޮޓޯ، ޕީސީބީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުގެ މަޤާމަށް މ. ހަޒާރީވިލާ، މުޙައްމަދު ލަމްޢާން އައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރައްވާފައިވާ ގޮތުގައި، ލަމްޢާން މި މަޤާމަށް އައްޔަނުކުރައްވާފައިވަނީ 01 މެއި 2026 އިން ފެށިގެންނެވެ.

ލަމްޢާން މި މަޤާމަށް އައްޔަނުކުރައްވާފައިވަނީ އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމުގައި ކުރިން ހުންނެވި ހ. އާހަމަ، އިބްރާހިމް ޒިޔަތު އެ މަޤާމުން ވަކިކުރެއްވުމަށްފަހުގައެވެ. މި ބަދަލު ގެނައިކަން ޕީސީބީން ވަނީ ރަސްމީކޮށް އިޢުލާނުކޮށްފައެވެ.

އެމްޕީއެލްގެ ބޯޑަށް އައްޔަނުކުރެއްވުމުގެ ކުރިން ލަމްޢާން ހުންނެވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައެވެ. ނަމަވެސް، އިއްޔެގެ ވަގުތެއްގައި އޭނާ ވަނީ އެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ޕީސީބީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، "މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމުން ހ. އާހަމަ، އިބްރާހިމް ޒިޔަތު ވަކިކޮށް، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް މ. ހަޒާރީވިލާ، މުޙައްމަދު ލަމްޢާން، 01 މެއި 2026 އިން ފެށިގެން ވަނީ އައްޔަނުކޮށްފައެވެ."

ލައްމާނު މި މަގާމަށް އައްޔަނު ކޮށްފައި ވަނީ ސޯޝަލް މީޑިއާގައި އޭނާ އަށް ވައްކަމުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0