ސިޔާސީ , ޚަބަރު

ޕީސީބީގެ ރައީސްގެ މަގާމުން އަނަސް އިސްތިއުފާ ދެއްވައިފި

30 އޭޕްރީލް 2026 - 19:51
ޕީސީބީގެ ރައީސްގެ މަގާމުން އަނަސް އިސްތިއުފާ ދެއްވައިފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމުގައި ހުންނެވި ގއ. ދެއްވަދޫ ދޭލިޔާގެ، މުޙައްމަދު އަނަސް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޕީސީބީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަނަސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެ އިސްތިއުފާ މިހާރު ގަބޫލުކުރައްވާފައިވާ ކަމަށެވެ.

އަނަސް އިތިއުފާ ދެއްވައިފައިވަނީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ.

ޕީސީބީއަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި، ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ބޯޑެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0