އިހުސާނަށް އެމްޑީޕީ ޕީޖީން ކުރައްވާ 'އިތުބާރަށް' ޝުޖާގެ ތައުރީފް
ހޯމް މިނިސްޓަރު އަލީ އިހުސާނަށް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ބައެއް މެންބަރުން ތާއީދުކުރައްވައި ވޯޓު ދެއްވުމާ ގުޅިގެން، ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ޝުޖާއު އެ މެންބަރުންނަށް ތައުރީފް ކުރައްވައިފިއެވެ.
ޝުޖާއު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓަރު އިހުސާނަށް އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވުމަކީ ދިވެހި ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް، އެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ހޯއްދަވައި ދެއްވުމަށާއި ބިދޭސީންގެ މައްސަލަތައް ހައްލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އިދިކޮޅުގެ ތާއީދު އޮތްކަން ހާމަވާ ކަމެއް ކަމަށެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، މިފަދަ ހެޔޮވިސްނުން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ވިސްނުންފުޅަށް އައުމަކީ ސިޔާސީ ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި ސިޔާސީ މަސައްކަތުގައި މިފަދަ ކޮލިޓީ ހުންނަންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާނަށް ވޯޓު ދެއްވި އެމްޑީޕީގެ ޕީޖީ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:
- ޑރ. އަހުމަދު ޝަމްހީދު, ހުޅުމާލެ ދެކުނު ދާއިރާ
- މުހައްމަދު އިބްރާހީމް (ކުޑޫ), ގަލޮޅު އުތުރު ދާއިރާ
- އަބްދުﷲ ޢަފޫރު މޫސާ, ހަނިމާދޫ ދާއިރާ
- މައުރޫފް ޒާކިރު، ކެންދޫ ދާއިރާ
- ހުސައިން ސަމީރު، ތޮއްޑޫ ދާއިރާ
- މުހައްމަދު ނިއުޝާދު، ކެޔޮދޫ ދާއިރާ
- އަހުމަދު ޝާކިރު، މާވަށު ދާއިރާ
- އަހުމަދު ދީދީ، މަރަދޫ ދާއިރާ
މި މެންބަރުންނަށް ޝުޖާއު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. މިއީ ސިޔާސީ މަސްރަހުގައި އިދިކޮޅު ޕާޓީގެ ފަރާތުން ސަރުކާރުގެ ވަޒީރަކަށް މިފަދަ ތާއީދެއް ލިބުނު ފާހަގަކޮށްލެވޭ ފަހަރެކެވެ.






ރިއެކްޓް