ސިޔާސީ , ޚަބަރު

އިހުސާނު ހިމެނޭހެން 9 މިނިސްޓަރަކަށް ގަޕޯއާއި ޝަމްހީދުގެ ރުހުން!

29 އޭޕްރީލް 2026 - 21:33
އިހުސާނު ހިމެނޭހެން 9 މިނިސްޓަރަކަށް ގަޕޯއާއި ޝަމްހީދުގެ ރުހުން!

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓުގައި، އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްއަފޫރު މޫސާ (ގަޕޯ) އާއި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު، ހޯމް މިނިސްޓަރު އަލީ އިހުސާން ހިމެނޭހެން 9 ވަޒީރަކަށް ރުހުން ދިނުމަށް ވޯޓު ދެއްވައިފި އެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މި ދެ ބޭފުޅުން މިއަދުގެ ޖަލްސާގައި ތިން ވަޒީރެއް ފިޔަވާ އެހެން ހުރިހާ ވަޒީރުންނަށް ރުހުން ދޭން ވޯޓުދީފައިވާއިރު، މީގެ ތެރޭގައި ހޯމް މިނިސްޓަރު އަލީ އިހުސާން ހިމެނެއެވެ. 

މި ދެ މެންބަރުން ރުހުން ނުދޭން ވޯޓު ދިނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދުގެ އިތުރުން އެންވާރަމެންޓް މިނިސްޓަރު އަލީ ޝަރީފަށެވެ.

އިދިކޮޅު އިސް މެންބަރުންގެ ވޯޓާއިއެކު، ހުރިހާ ވަޒީރުންނަށް މިއަދުގެ ޖަލްސާގައި ވަނީ ރުހުން ދީފަ އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0