އަދަދު އޮފީސް ބަލައި ފާސްކުރުމާ ގުޅިގެން އިނގިރޭސި ސަފީރު ކަންބޮޑުވުން
ދިވެހި ފުލުހުންގެ ހިދުމަތުން އޮންލައިން ނޫސް "އަދަދު" ގެ އޮފީސް ބަލައި ފާސްކުރުމާ ގުޅިގެން، ރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އިނގިރޭސި ސަފީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ އެތަން ބަލައި ފާސްކުރި ކަމަށް ލިބެމުންދާ ރިޕޯޓުތަކަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަހެއްގެ ގޮތުގައި ސަފީރު ވަނީ ސިފަކުރައްވާފައެވެ.
Recent reports of the Maldives Police Service raid on Adhadhu are troubling. The UK has consistently raised concerns about media freedom. The raid sits uneasily with Maldives’ commitment to Commonwealth standards. Free and independent media are essential to healthy democracy.
— Nick Low (@NickDLow) April 28, 2026
ސަފީރު އިތުރަށް ވިދާޅުވީ، އިނގިރޭސިވިލާތުން އަބަދުވެސް ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާޅުކުރަމުންދާ ކަމަށެވެ. އަދި މި އަމަލަކީ ކޮމަންވެލްތުގެ މިންގަނޑުތަކަށް ރާއްޖެއިން ވެފައިވާ އިގުރާރުތަކާ ހިލާފު އަމަލެއް ކަމަށްވެސް ސަފީރު ސިފަކުރެއްވިއެވެ.
"މިނިވަން އަދި މުސްތަގިއްލު ނޫސްވެރިކަމަކީ ދުޅަހެޔޮ ޑިމޮކްރަސީއަކަށް ކޮންމެހެން މުހިންމު ކަމެއް،" ސަފީރުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ނޫސްވެރިންގެ ޖަމިއްޔާތަކުންނާއި ބައިނަލްއަގުވާމީ ފަރާތްތަކުން ދަނީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ގޮވާލަމުންނެވެ.






ރިއެކްޓް