ސިޔާސީ , ޚަބަރު

ޕީއެންއެފްގެ މުޒާހަރާތައް ލައިވްްނުކުރަން ކޮންޓްރޯލް ކޮމިޝަނުން އަންގައިފި

27 އޭޕްރީލް 2026 - 21:19
ޕީއެންއެފްގެ މުޒާހަރާތައް ލައިވްްނުކުރަން ކޮންޓްރޯލް ކޮމިޝަނުން އަންގައިފި

ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕީޕަލްސް ނެޝަނަލް ފްްރޮންޓް (ޕީއެންއެފް) އިން މިހާރު ކުރިއަށްގެންދާ ސިލްސިލާ މަގުމަތީ ހަރަކާތްތަކުގެ ލައިވް ކަވަރޭޖު ހުއްޓާލުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން އަންގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންޓްރޯލް ކޮމިޝަނުން ޗެނަލް 13 އަށް މިގޮތަށް އެންގީ އެ ކޮމިޝަނުން ބަލަމުންދާ މައްްސަލައަކާ ގުޅިގެންނެެވެ. އެއީ ކޮން މައްސަލައެއްކަން މިހާތަނަށް ސާފުވެފައި ނުވި ނަމަވެސް، އެ މައްސަލައާ މެދު ވަކި ގޮތެއް ނިންމަންދެން މުޒާހަރާގެ ލައިވް ކަވަރޭޖު ހުއްޓާލުމަށް އެ ޗެނަލަށް ވަނީ އަމުރުކޮށްފައެވެ.

މީގެ ކުރިންވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބެލި މައްސަލައަކާ ގުޅިގެން 2025 ސެޕްޓެމްބަރު 17 ގައި ޗެނަލް 13 ގެ ބްރޯޑްކާސްޓް ދެ ގަޑިއިރަށް މެދުކަނޑާލަން ޖެހުނެވެ. އަދި ހަމަ އެ އަހަރުގެ އޮގަސްޓު މަހު ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ދުރަށް ފޮނުވަން ތައްޔާރުވެފައި ވަނިކޮށްވެސް ބްރޯޑްކާސްޓް ހުއްޓާލަން އެންގި ހާދިސާއެއް ވަނީ ހިނގާފައެވެ.

ޕީއެންއެފްގެ ފަރާތުން މިހާރު މުޒާހަރާ ކުރަމުންދަނީ މަޖީދީ މަގު ކޮޅުގައި އާޓިފިޝަލް ބީޗު ކުރިމަތީގައެވެ. މި ހަރަކާތްތަކުގެ ތެރެއިން އެއް ރެޔަކު މަގުމަތީގައި ބެހެއްޓި ސޯފާއެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް ގުޅިގެން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައިވަނީ، ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށްފަހުކަން ފާހަގަކުރެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0