ސިޔާސީ , ވިޔަފާރި , ޚަބަރު

ފެނަކަ އެމްޑީގެ މަގާމަށް މުހައްމަދު އަފީފް

27 އޭޕްރީލް 2026 - 15:13
ފެނަކަ އެމްޑީގެ މަގާމަށް މުހައްމަދު އަފީފް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށާއި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މއ. ވޭވްސައިޑް 304 ފްލެޓް، މުޙައްމަދު އަފީފު ހުސެއިންއައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނި ގޮތުގައި، އަފީފް މި މަގާމަށް އައްޔަނުކުރައްވާފައިވަނީ 27 އެޕްރިލް 2024 އިން ފެށިގެންނެވެ. ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އޭނާ އައްޔަނުކުރެއްވިއިރު، މީގެ ކުރިން އޭނާ ހުންނެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއާމަންގެ މަގާމުގައެވެ. އެމްޓީސީސީގެ ޗެއާމަންގެ މަގާމަށް އޭނާ އައްޔަނުކުރީ 24 ޑިސެމްބަރު 2023 ގައެވެ.

މުހައްމަދު އަފީފް ވަނީ ހައުސިން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގެ އިތުރުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ޗެއާމަންކަން ވެސް ކުރައްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަފީފަކީ މީގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ކަމުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0