ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ މުހައްމަދު ސިނާން ކާމިޔާބު ކުރައްވައިފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގައި އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީ، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން ކާމިޔާބު ކުރައްވައިފިއެވެ.
މިއަދު ބޭއްވި މި ފޯރިގަދަ ޕްރައިމަރީގައި ސިނާންއާ ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި މިހާރުވެސް ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ. މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސިނާން ވަނީ ޖުމްލަ 226 ވޯޓު ހޯއްދަވާފައެވެ. އޭނާއާ ވާދަކުރެއްވި ސައީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ.
މި ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގޮސްފައިވަނީ އައްޑޫ ސިޓީ ހިތަދޫގެ އިތުރުން މާލޭގައެވެ. މާލޭގައި ބެހެއްޓި ވޯޓުފޮށިން ސިނާން 59 ވޯޓު ހޯއްދެވިއިރު، ސައީދަށް ލިބިވަޑައިގަތީ 37 ވޯޓެވެ. އަދި ހިތަދޫގައި ބެހެއްޓި ވޯޓުފޮށިން ސިނާން 167 ވޯޓު ކާމިޔާބު ކުރެއްވިއިރު، ސައީދަށް އެ ފޮށިން ލިބިވަޑައިގަތީ 150 ވޯޓެވެ.
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ޖުމްލަ 727 މީހަކަށް ލިބިފައިވެއެވެ. މި ކާމިޔާބީއާއެކު، ކުރިއަށް އޮތް ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާނީ ސިނާންއެވެ.






ރިއެކްޓް