ސިޔާސީ , ޚަބަރު

އިދިކޮޅު އެމްޑީޕީގެ މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް ހަމަލާދީފި

25 އޭޕްރީލް 2026 - 01:29
އިދިކޮޅު އެމްޑީޕީގެ މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް ހަމަލާދީފި

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ މުޒާހަރާގެ ބައިވެރިން ހެންވޭރު ސަހަރާ ކައިރިން ހިނގާފައި ދަނިކޮށެވެ.

ވަގުތުން ދައްކަމުން ދިޔަ އެއްވުމުގެ ތެރެއިން ފެނުނު ގޮތުގައި، މުޒާހަރާގެ ބައިވެރިންގެ ކުރިމައްޗަށް އެރި ޒުވާނަކު ވަނީ ކުއްލި ގޮތަކަށް މޭޔަރު އާޒިމްގެ މޭގައި ޖަހައި ކޮއްޕާލާފައެވެ. މި ހަމަލާއާއެކު އެއްވުމުގެ ތެރޭގައި ތިބި ބަޔަކު ވަގުތުން އާޒިމްގެ ދިފާއުގައި ނުކުމެ، އެ ޒުވާނާ ދުރަށް ޖައްސާފައިވެއެވެ.

މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުގައި މަސްލަހަތު ގޯސްވި ނަމަވެސް، އެމްޑީޕީގެ އިސްވެރިން ވަނީ އާޒިމްގެ ދިފާއުގައި ނުކުތް އެކްޓިވިސްޓުންގެ ރުޅިގަނޑު ކޮންޓްރޯލްކޮށް މަސްލަހަތު ހިފެހެއްޓުމަށް މަސައްކަތް ކޮށްފައެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އޭނާ ވަނީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ފުލުހުންނަށް ގޮވާލައްވާފައެވެ.

ގަޕޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "މި ހަމަލާ މިހާރުން މިހާރަށް ތަހުގީގުކޮށް، މޭޔަރު އާޒިމަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުންނަށް ގޮވާލަން" ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0