ސިޔާސީ , ޚަބަރު

އަޝްފާނަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި

23 އޭޕްރީލް 2026 - 22:31
އަޝްފާނަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި

ޑެޕިއުޓީ ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުގައި ހުންނެވި އަހްމަދު އަޝްފާން އެ މަގާމުން ވަކިކުރައްވައި، މިނިސްޓްރީ އޮފް ޔޫތު، އެމްޕަވަާމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވައިފިއެވެ.

އަޝްފާން އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރެއްވީ 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.

އަޝްފާނަކީ އިމިގްރޭޝަން އޮފިސަރެއްގެ މަގާމުގައި 18 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. އަޝްފާން އަކީ މީގެ ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިއެއްވެސް މެއެވެ.

މިހާރު އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވީ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު އެވެ. ފަސީހު އެ މަގާމަށް އައްޔަންކުރެއްވީ މި ސަރުކާރުގެ ފުރަތަމަ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މަގާމުން ވަކިކުރެއްވުމަށްފަހުއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0