ސިޔާސީ , ޚަބަރު

އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމިޓީގެ މުގައްރިރު ފަލާހު މަގާމުން ތަނާޒުލް ވެއްޖެ

23 އޭޕްރީލް 2026 - 14:46
އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމިޓީގެ މުގައްރިރު ފަލާހު މަގާމުން ތަނާޒުލް ވެއްޖެ

އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އެ މަގާމުން މިއަދު ތަނާޒުލްވެއްޖެއެވެ.

ފަލާހު މަގާމުން ތަނާޒުލްވިކަން ހާމަކުރައްވާފައިވަނީ ދާދި ދެންމެއަކު ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައެވެ. 'ވިރާސީ' އަށް މައުލޫމާތުދިން އެމްޑީޕީގެ އިސް ފަރާތެއް ބުނި ގޮތުގައި ފަލާހު މަގާމުން ދުރުވީ ކުރިއަށްއޮތް ޗެއާޕާސަން އިންތިހާބުގައި މީކާއީލަށް ތާއީދުކުރުމަށެވެ. ފަލާހު ވަނީ އެކްސްގައި މީކާއިލްގެ ކެންޕޭން ވީޑިއޯއެއް ރީޓްވީޓްކޮށް ފަހުން ރިމޫވް ކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އެމްޑީޕީން ރަސްމީކޮށް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ފަލާހު މި މަގާމުން ތަނާޒުލްވިއިރު އެމްޑީޕީގެ އެތެރޭގެ މުހިންމު ދެ އިންތިހާބެއް ކުރިއަށް އޮތް ދަނޑިވަޅެއްގައެވެ. އެއީ އެ ޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބާއި ގައުމީ މަޖިލިސް އިންތިހާބެވެ އިންތިހާބެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0