ޚަބަރު

މަސްހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެ

21 އޭޕްރީލް 2026 - 20:03
މަސްހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެ
ފޮޓޯ: ފޭސްބުކް، ނަޖް ފޮޓޯސް

ލ. ހިތަދޫގައި މަސްހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު އަމާން، އަޙްމަދު ހަމްޒާން (21އ) އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހިތަދޫގައި މަސްހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 އޭޕްރީލް 21 ވަނަ ދުވަހުގެ ހަވީރު 15:42 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެފައެވެ.

ފުލުހުންގެ އެހީތެރިކަމާއެކު އެ ޒުވާނާ ވަނީ އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ނަމަވެސް، ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ، އެ ޒުވާނާ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މަސްހިފުމާއި މޫދަށް އެރި އުޅުމުގެ ތެރޭގައި މިފަދަ ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، އާންމުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0