ސިޔާސީ , ޚަބަރު

މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނާޒިމް ވަކިކޮށްފި

21 އޭޕްރީލް 2026 - 13:43
މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނާޒިމް ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މުހައްމަދު ނާޒިމް ވަކިކޮށްފިއެވެ.

ނާޒިމަކީ މީގެ ކުރިން މި ދެ ކޮމިޓީގައި ވެސް ހިމެނިވަޑައިގެންނެވި މެންބަރެކެވެ.

މަޖިލީހުގެ ރަސްމީ ވެބްސައިޓުގައި މިހާރު ފެންނަން ހުރި މައުލޫމާތަށް ބަލާއިރު، އެ ދެ ކޮމިޓީގެ މެންބަރުންގެ ލިސްޓުގައި ނާޒިމްގެ ނަމެއް ނެތެވެ. އޭނާގެ ފޮޓޯ މިހާރު ފެންނަން ހުރީ އެ ކޮމިޓީތަކުގައި މީގެ ކުރިން މަސައްކަތް ކުރެއްވި މެންބަރުންގެ ބައިގައެވެ. މަޖިލީހުގެ އިދާރާއިން ވަނީ ވެބްސައިޓުގައިވާ މައުލޫމާތަކީ ރަނގަޅު މައުލޫމާތުކަން ކަށަވަރުކޮށްދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަދުގެ މަޖިލިސް ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވެސް ނާޒިމް އެވެ. ނަމަވެސް، ޖަލްސާ ފަށަމުންނާއި ނިންމާލަމުން ވެސް ކޮމިޓީތަކަށް މިފަދަ ބަދަލެއް ގެނައިކަން ރިޔާސަތުން އިއުލާނުކޮށްފައެއް ނުވެއެވެ.

މި ބަދަލު މަޖިލީހުގެ ތަޅުމުގައި އިއުލާން ނުކުރީ ކީއްވެގެން ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0