ވޮލެޓެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހޯދަނީ
ވިލިމާލެ ފެރީ ޓާމިނަލް ކައިރިއަށް ވެއްޓިފައި އޮތް ވޮލެޓެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މި މައްސަލައަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން ހޯދަމުންދާ މީހާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. އެހެންކަމުން، ފުލުހުން ވަނީ އެ މީހާ ފެންނަ ވީޑިއޯއެއް އާންމުކޮށް، އޭނާ ދެނެގަތުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، މާފަންނު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9660183 އަށް ގުޅުއްވައި އެ މަޢުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އާންމުންނަށް ޝުކުރު އަދާކޮށްފައެވެ.






ރިއެކްޓް