ސިޔާސީ

ޕީއެންއެފް މުޒާހަރާގައި ބޭނުންކުރި “އެލް ސޯފާ” ފުލުހުން ގެންގޮއްސި

19 އޭޕްރީލް 2026 - 22:48
ޕީއެންއެފް މުޒާހަރާގައި ބޭނުންކުރި “އެލް ސޯފާ” ފުލުހުން ގެންގޮއްސި

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާތަކުގެ ތެރެއިން މިރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި ބޭނުންކުރި ސޯފާއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ސޯފާ ގެންގޮސްފައިވަނީ ފުލުހުންގެ ވެހިކަލަކަށް އަރުވައިގެންނެވެ.

މިރޭގެ މުޒާހަރާގެ ބައިވެރިން ސޯފާއެއް ބޭނުންކޮށްފައިވަނީ، މިދިޔަ މާޗް މަހު 'އަދަދު' ނޫހުން ޝާއިރުކުރި ޑޮކިއުމެންޓަރީއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ކުރި ތުހުމަތުތަކަކާ ގުޅިގެން ކަމަށް ބެލެވެއެވެ. އެ ޑޮކިއުމެންޓަރީގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ރައީސް މުއިއްޒު ވަނީ ރައީސް އޮފީހުގެ ސޯފާއެއްގައި އެ އޮފީހުގައި މަސައްކަތްކުރި މުވައްޒަފަކާ ގުޅުންތަކެއް ހިންގާފައެވެ.

ޕީއެންއެފްގެ ސަޕޯޓަރުން ދަނީ މިރޭވެސް މާލޭގެ މަގުތަކުގައި އިހުތިޖާޖު ކުރަމުންނެވެ. ފުލުހުން އެ ސަރަހައްދުން ސޯފާ ގެންދިޔަ ނަމަވެސް، މުޒާހަރާގެ ބައިވެރިން ދަނީ އަޑުއުފުލައި ޝުއޫރު ފާޅުކުރަމުންނެވެ.

މި މުޒާހަރާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފްއިން ސަރުކާރާ ދެކޮޅަށް ބާއްވަމުންދާ ސިލްސިލާ ހަރަކާތްތަކުގެ ބައެކެވެ. ފުލުހުން ސޯފާ ގެންދިޔަ ސަބަބާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0