ސިޔާސީ , ޚަބަރު

އެމްޑީޕީއާ އެއް މޭޒަކަށް އަންނަން ނަޝީދު މުއިއްޒަށް ގޮވާލައިފި

19 އޭޕްރީލް 2026 - 16:58
އެމްޑީޕީއާ އެއް މޭޒަކަށް އަންނަން ނަޝީދު މުއިއްޒަށް ގޮވާލައިފި

ރާއްޖޭގެ ރައްޔިތުން އެދޭ ބަދަލުތައް ގެނައުމަށާއި، ސަރުކާރު ހަމަމަގަށް އެޅުވުމަށްޓަކައި އެމްޑީޕީއާ އެކު އެއް މޭޒަކަށް ވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވައިފިއެވެ.

މިކަމަށް ރައީސް ނަޝީދު ގޮވާލެއްވީ "ބޮޑު ބަދަލު" ގެ ނަމުގައި އެމްޑީޕީގެ ރައީސް ފައްޔާޒް އިސްމާއިލާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ދުނިޔޭގެ ހަނގުރާމައިގެ މި ހާލަތުގައި ރާއްޖޭގެ އިގްތިސާދު ހިފެހެއްޓުމަށާއި ގައުމީ މުހިންމު ކަންކަމުގައި މަޝްވަރާކުރުން މުހިންމު ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި، ގާނޫނުއަސާސީ އަދި ގާނޫނުތަކަށް ގެންނަންޖެހޭ މުހިންމު އިސްލާހުތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި ގައުމަށް ބޭނުންވާ އިސްލާހީ ބަދަލުތައް ގެނެވޭނީ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރެވިގެންނެވެ.

މީގެ އިތުރުން، ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރަންޖެހޭ ކަންކަމުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީއާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0