ސިޔާސީ , ޚަބަރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒަށް ތާއީދުކުރާކަން ރައީސް ނަޝީދު ހާމަކޮށްފި

19 އޭޕްރީލް 2026 - 13:47
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒަށް ތާއީދުކުރާކަން ރައީސް ނަޝީދު ހާމަކޮށްފި

2028 ވަނަ އަހަރު ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހޮވާ އެ ޕާޓީގެ ޕްރައިމަރީގައި ފައްޔާޒް އިސްމާއިލަށް ތާއީދުކުރައްވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކޮށްފި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ފައްޔާޒާއި އެކު މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ދާދި ދެންމެއަކު ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރިމަތިލާނެކަންވެސް އިއުލާން ކޮށްފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒާއި ރައީސް ނަޝީދު ވަނީ 'ބޮޑު ބަދަލު'ގެ ނަމުގައި ސަރުކާރާއި ދައުލަތް ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅާފަ އެވެ. މި ބަދަލުތަކުގެ ތެރޭގައި ދައުލަތުގެ ވެރިއަކަށާއި ސަރުކާރު ހިންގުމުގެ ވެރިއަކަށް ދެ މީހަކު ހޮވަން ވަނީ ހުށަހަޅާފަ އެވެ. 

މި ބަދަލުތަށް ގެނެސް ސަރުކާރު ހިންގަން ރައްޔިތުންގެ ވޯޓުން ބާއްވާ އިންތިހާބު ނުވަތަ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ފައްޔާޒަށް ތާއީދުކޮށް ކުރިއަށްދާނެކަމަށް ރައީސް ނަޝީދު ވަނީ އިއުލާންކުރައްވާފަ އެވެ.

މީގެ އިތުރުން، މި ބަދަލުތަކާއި އެކު ހިނގާ ވެރިކަމުގެ ނިޒާމެއްގައި ދައުލަތުގެ ވެރިޔަކަށް ވުމަށްވެސް ރައީސް ނަޝީދު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0