ޚަބަރު

އިންޑިއާގެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

18 އޭޕްރީލް 2026 - 13:51
އިންޑިއާގެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އިންޑިއާ ސަރުކާރުގެ އެހީގައި ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ގޮތަށް އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް) އިން ދިވެހި ދަރިވަރުންނަށް ދޫކުރާ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދު އިތުރުކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ސްކޮލާޝިޕްތަކަށް އެޕްލައިކުރުމުގެ ފުރުސަތު މިހާރު އަންނަ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. މިއީ މި ފުރުސަތުގެ ބޭނުން ހިފަން ބޭނުންވާ ދަރިވަރުންނަށް ލިބުނު އިތުރު ފުރުސަތެކެވެ.

މި ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުންނަށް ޖުމްލަ 32 ޖާގަ ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އަންޑަގްރެޖުއޭޓް ނުވަތަ ޑިގްރީ ފެންވަރުގެ ކޯސްތަކަށް 20 ޖާގަ
  • އާޓްސް އަދި ކަލްޗާގެ ދާއިރާއިން 10 ޖާގަ
  • ޔޯގާ އަދި ފިޓްނަސްގެ ދާއިރާއިން 2 ޖާގަ

ހައި ކޮމިޝަނުން އިތުރަށް ބުނެފައިވަނީ މި ސްކޮލާޝިޕްތަކަށް އެދި ހުށަހަޅަންޖެހޭނީ އައިސީސީއާރުގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. މި ސްކޮލާޝިޕްތަކަކީ ދިވެހި ކިޔަވާ ކުދިންގެ މެދުގައި ބޮޑު ތަރުހީބެއް ލިބެމުންދާ ފުރުސަތުތަކެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0