ޚަބަރު , ދުނިޔެ

ހޮރުމޫޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް ހުޅުވާލައިފި

17 އޭޕްރީލް 2026 - 18:38
ހޮރުމޫޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް ހުޅުވާލައިފި

އިސްރާއީލާއި ލުބުނާނާ ދެމެދު ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެން، ހޮރުމޫޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް ފުރިހަމައަށް ހުޅުވާލާފައިވާ ކަމަށް އީރާނުން ހުކުރު ދުވަހު އިއުލާނުކޮށްފިއެވެ.

އީރާނުގެ ފޮރިން މިނިސްޓަރު ސައްޔިދު އައްބާސް އަރަގްޗީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން، އެ އެއްބަސްވުން ދެމިއޮތް މުއްދަތުގައި ހޮރުމޫޒް ކަނޑުއޮޅިން ހުރިހާ ވިޔަފާރި އުޅަނދުފަހަރަކަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ނަމަވެސް، މި ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުތައް ދަތުރުކުރަންވާނީ އީރާނުގެ މެރިޓައިމް އޮތޯރިޓީން ކަނޑައަޅާފައިވާ "ކޯޑިނޭޓެޑް ރޫޓް" ނުވަތަ ވަކި ހާއްސަ މަގަކުން ކަމަށް އަރަގްޗީ ވިދާޅުވިއެވެ.

މި ނިންމުމަކީ ސަރަހައްދުގެ މަސްރަހަށް އައި ބަދަލުތަކާއެކު، ބައިނަލްއަގުވާމީ ވިޔަފާރި އުޅަނދުފަހަރަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ. ހޮރުމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް މަގުކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0