ޚަބަރު

މޫދު އަޑިން ފެނުނު އުމުރުން ދުވަސްވީ މީހާ އޮތީ ނިޔާވެފައި: ފުލުހުން

15 އޭޕްރީލް 2026 - 17:19
މޫދު އަޑިން ފެނުނު އުމުރުން ދުވަސްވީ މީހާ އޮތީ ނިޔާވެފައި: ފުލުހުން
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ފޮޓޯ: ޕީއެސްއެމް

ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދަމުންދަނިކޮށް މޫދު އަޑިން ފެނުނު އުމުރުން ދުވަސްވީ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ކުޅުދުއްފުށީ ބަޑިފަސްގަނޑު، ސުލައިމާން ޙުސައިން (59އ) އެވެ. ފުލުހުން ދިން އެންމެ ފަހުގެ މައުލޫމާތުގައި ބުނެފައިވަނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ސުލައިމާން ޙުސައިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 1:48 އެހައިކަންހާއިރުއެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުންނާއި އާންމުން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައެވެ.

އޭނާ ފެނިފައިވަނީ މިއަދު މެންދުރުފަހު 3:00 އެހައިކަންހާއިރު ކުޅުދުއްފުށީ ބޮޑަވަކިވާ ބީޗް ސަރަހައްދުގެ މޫދު އަޑިންނެވެ. ފެނުނު ވަގުތު އޭނާ ވަނީ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އަދި މި މައްސަލައިގައި ބަލަންޖެހޭ އިތުރު ކަންކަން ބަލައި، ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0