ތިން އަހަރުތެރޭ ތިންވަނަ ފަހަރަށް މިނިސްޓްރީތަކުގެ ނަން ބަދަލުކޮށް، ކެބިނެޓް އަލުން އެކުލަވާލައިފި
ސަރުކާރުގެ މިނިސްޓްރީތަކުގެ އަދަދު މަދުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ކެބިނެޓް މިރޭ އަލުން އެކުލަވާލައްވައިފިއެވެ.
މި ބަދަލާއެކު ހުރިހާ މިނިސްޓްރީތަކެއްގެ ނަންތަކަށް ވަނީ ބަދަލުތަކެއް ގެންނަވާފައެވެ. މިކަން އިޢުލާންކުރެއްވީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ބަދަލާއެކު ކެބިނެޓަށް އަލަށް ހަތަރު ބޭފުޅަކު ވަނީ ގުޅިވަޑައިގެންފައެވެ. އެ ބޭފުޅުންނަކީ އަލްފާޞިލާ އައިޝަތު އިރުތިޝާމް އާދަމް، އަލްފާޞިލާ ގީލާ އަލީ، އަލްފާޞިލާ ހީނާ ވަލީދު، އަދި އަލްފާޞިލް އަލީ ޝަރީފެވެ. މި ބަދަލު ގެނެސްފައިވަނީ މިއަދު ކުއްލި ގޮތަކަށް ރައީސް މުޢިއްޒުގެ ކެބިނެޓުން 10 ވަޒީރަކު ވަކިކުރެއްވުމަށްފަހުގައެވެ.
އަލަށް އެކުލަވާލެވުނު ކެބިނެޓާއި މިނިސްޓްރީތައް:
1. މޫސާ ޒަމީރު - މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒެސް
2. ޢަލީ އިޙުސާން - މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ
3. އިރުތިޝާމް އާދަމް - މިނިސްޓަރ އޮފް ފޮރިން އެފެއާޒް
4. ޑރ. އިސްމާޢީލް ޝަފީޢު - މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވޮލޮޕްމެންޓް
5. ޤީލާ އަލީ - މިނިސްޓަރ އޮފް ހެލްތް ފެމިލީ އެންޑް ވެލްފެއަރ
6. މުޙައްމަދު ސަޢީދު - މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް
7. ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު - މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑަވަމަންޓްސް
8. މުޙައްމަދު އަމީން - މިނިސްޓަރ އޮފް ޓުރިޒަމް އެންޑް ސިވިލް އެވިއޭޝަން
9. ޢަބްދުﷲ ރާފިޢު - މިނިސްޓަރ އޮފް ޔޫތް އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް
10. ހީނާ ވަލީދު - މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް
11. ޑރ. ޢަބްދުﷲ މުއްޠަލިބް - މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
12. ޢަލީ ޝަރީފް - މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ބަދަލަކީ "ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުން" ގެނައި ބަދަލެއް ކަމަށެވެ. މި ބަދަލު މި އައީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، ސިޔާސީ މަގާމުތައް ގިނަވުމުގެ ސަބަބުން އާންމުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.






ރިއެކްޓް