ސިޔާސީ , ޚަބަރު

އިންތިގާލީ ސަރުކާރެއް އެކުލަވާލަން ރައީސް ނަޝީދު ގޮވާލައްވައިފި

14 އޭޕްރީލް 2026 - 16:00
އިންތިގާލީ ސަރުކާރެއް އެކުލަވާލަން ރައީސް ނަޝީދު ގޮވާލައްވައިފި
ކުރީގެ ރައީސް ނަޝީދު. ފޮޓޯ: ވިރާސީ

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި، ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެމަނިކުފާނު ވިދާޅުވީ "ކެބިނެޓުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ތާއީދު ގެއްލިއްޖެ" ކަމަށާއި، ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ރައްޔިތުންގެ އޮތް އިތުބާރު ވެސް މިހާރު ގެއްލިފައިވާ ކަމަށެވެ.

ދުނިޔޭގައި ކުރެވެމުންދާ ހަނގުރާމަތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ ދައުލަތުގެ އަސާސީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި އިސްލާހީ މަސައްކަތްތަކާއެކު، މިނިވަން އިންސާފްވެރި އިންތިހާބެއް ރާވާ ހިންގުމަށްޓަކައި ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިފަދަ ގޮވާލުމެއް ނެރުއްވާފައި މިވަނީ، ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 10 ވަޒީރުން އިސްތިއުފާ ދެއްވައި، މަގާމުން ވަކިކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0