ފެންކުންފުނީގެ އެމްޑީގެ މަގާމަށް ފަހުމީ އައްޔަނު ކޮށްފި
މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް، ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އައްޔަނު ކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ކަމާއި ބޯޑު މެމްބަރު ކަމަށް މ. ފަތަހަ، އަލްފާޞިލް ހުސެއިން ފަހުމީ މިއަދުން ފެށިގެން އައްޔަނު ކޮށްފައިވާ ކަމަށެވެ.
ހުސެއިން ފަހުމީ އަކީ މީގެ ކުރިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ސްޓެލްކޯއިން ކުއްލި ގޮތަކަށް ވަކި ކުރުމަށްފަހު އޭގެ ކުޑަ ދުވަސް ކޮޅެއް ފަހުން ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަން ދީފައެވެ.






ރިއެކްޓް