ސިޔާސީ , ޚަބަރު

ދާއިމީ ނަތީޖާ އިއުލާނުކުރުން އަވަސް ކުރަން ފައްޔާޒް ގޮވާލައްވައިފި

13 އޭޕްރީލް 2026 - 15:18
ދާއިމީ ނަތީޖާ އިއުލާނުކުރުން އަވަސް ކުރަން ފައްޔާޒް ގޮވާލައްވައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ ދާއިރާތަކަށް ބެހެއްޓި ވޯޓު ފޮށިތަކުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ލަސްވަމުންދާތީ، އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ނަތީޖާ އަވަހަށް އިއުލާނުކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ގޮވާލައްވައިފިއެވެ.

ފައްޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭގެ ދާއިރާތަކުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ލަސްވަމުންދިޔުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ނަތީޖާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮވެދާނެތީ، އެ ފުރުސަތު ނުދީ ވީހާވެސް އަވަހަށް ފޮށިތަކުގެ ދާއިމީ ނަތީޖާ އިއުލާނު ކުރުމަށް އޭނާ ވަނީ އިލެކްޝަންސް ކޮމިޝަނަށް އިލްތިމާސް ކުރައްވާފައެވެ.

"ނަތީޖާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދީ ވީހާވެސް އަވަހަށް ފޮށިތަކުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލަން،" ފައްޔާޒްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ކައުންސިލް އިންތިހާބުގެ ދާއިމީ ނަތީޖާތައް އިއުލާނުކުރަމުންދާއިރު، ބައެއް ދާއިރާތަކުގެ ނަތީޖާ ކަށަވަރުކުރުމުގައި ލަސްތަކެއް އުޅޭކަމުގެ ޝަކުވާ ސިޔާސީ އެކި ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0