ސިޔާސީ , ޚަބަރު

އަލީ އާރިފް މަގާމުން އިސްތިއުފާ ދެއްވައިފި

13 އޭޕްރީލް 2026 - 14:55
އަލީ އާރިފް މަގާމުން އިސްތިއުފާ ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި އަލީ އާރިފް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އަލީ އާރިފް މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުވަތަ އިސްތިއުފާ ދެއްވި ވަކި ސަބަބެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ނަން ހާމަ ނުކުރުމަށް އެދި ރައީސް އޮފީހުގެ އޮފިޝަލަކު "ވިރާސީ" އަށް މައުލޫމާތު ދެމުން ވިދާޅުވީ އަލީ އާރިފް އިސްތިއުފާ ދީފައި ވާކަމަށާއި އިސްތިއުފާ ދެއްވީ ސީދާ ރައީސްގެ އެންގެވުމަށް ކަމަށެވެ. އަލީ އާރިފް މިހާތަނަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވި ދުވަސް ކަމަށްވާ 17 ނޮވެމްބަރު 2023 ގައެވެ.

އަލީ އާރިފަކީ 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މަޖިލީހުގެ ދައުރަށްފަހު އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވައި، މިދިޔަ ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހިމްގެ ކެމްޕޭންގައި އިސް ދައުރެއް އަދާކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0