ސިޔާސީ , ޚަބަރު

ޕާޓީ ލީޑާޝިޕްގެ ތާއީދާއި އެކު، ސޯބެ ހިތަދޫ އުތުރަށް

13 އޭޕްރީލް 2026 - 12:23
ޕާޓީ ލީޑާޝިޕްގެ ތާއީދާއި އެކު، ސޯބެ ހިތަދޫ އުތުރަށް
އަބްދުالله ސޯދިގު (ސޯބެ). ފޮޓޯ: ސަން

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އިއުލާން ކުރެއްވުމުން، އެމްޑީޕީގެ ލީޑާޝިޕުން އެކަމަށް މަރުހަބާ ދަންނަވައި އޭނާއަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށްފި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާއަށް އެންމެ ފަހުން އިންތިހާބުވި މުހައްމަދު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިއްޔެ ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. އެ ހުކުމަށްފަހު ސޯބެ ވަނީ އެ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

ސޯބެގެ ނިންމެވުމަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމެވެ. އަސްލަމަކީ ވޭތުވެދިޔަ ދެ ދައުރުގައިވެސް އެ ދާއިރާގެ މަޖިލިސް މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ސޯބެއަށް މަރުހަބާ ދަންނަވައި ތާއީދު އިއުލާން ކުރައްވާފަ އެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ "މި ގޮނޑިއަށް ސޯބެ ކުރިމަތިލާން ނިންމުމަކީ އުފާވެރި ހަބަރެއް"ކަމަށެވެ. އަދި ފައްޔާޒް އިސްމާއިލް ވިދާޅުވީ އެ ދާއިރާއަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ސޯބެ ކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، ސޯބެއަކީ ޒަމާނުއްސުރެ އިސްލާހީ މަސައްކަތްތަކުގައި އެމްޑީޕީގެ އިސް ސަފުގައި ދެމިހުންނެވި ބޭފުޅެއް ކަމަށާއި، އެހެންކަމުން އޭނާއަށް ފުރިހަމަ ތާއީދު އެބައޮތް ކަމަށެވެ.

އަބްދުﷲ ސޯދިގަކީ 2010 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވާފައިވާ، ސިޔާސީ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0