ޚަބަރު

ސޮނެވާ ޖާނީގައި ރޯވެ އަނދަނީ

12 އޭޕްރީލް 2026 - 15:04
ސޮނެވާ ޖާނީގައި ރޯވެ އަނދަނީ
ފޮޓޯ: ވިރާސީ

ސޮނެވާ ޖާނީގެ އޮފީސް އިމަރާތް ހިމެނޭ ސަރަހައްދުގައި ވަރަށް ބޮޑަށް ރޯވެއްޖެ އެވެ. އަލިފާން ރޯވެފައިވަނީ މިއަދު މެންދުރު 14:00 ހާއިރެވެ.

ވިރާސީއަށް މައުލޫމާތު ލިބުނު ގޮތުގައި އެ ރިސޯޓުގެ ފަޔާ އެންޑް ރެސްކިއުއިން ދަނީ މި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. އަލިފާން ރޯވި ސަރަހައްދުގައި އެ ރިސޯޓުގެ އޮފީސްގެ އިތުރުން ރެސްޓޯރެންޓާއި، ފްރޮންޓް އޮފީސް، ސްޕާއާއި ޖިމްގެ އިތުރުން އަދިވެސް ބައެއް ތަންތަން ހިމެނެ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 އޭޕްރީލް 12 ވަނަ ދުވަހުގެ މެންދުރު ފަހު 14:04 އެހައިކަންހާއިރު ކަމަށާއި، އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އިތުރުން ރިސޯޓުގެ މުވައްޒަފުން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. 

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސާފެއް ނުވެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0