ފެންކުންފުނީގެ އެމްޑީ ކަމުން މަތީނު އިސްތިއުފާ ދީފި
މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް މަތީނު މުހައްމަދު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މަތީނު އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ މިއަދުން ފެށިގެން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
މަތީނު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، "މިއަދުން ފެށިގެން އަޅުގަނޑު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދީފީމެވެ. ޝުކުރިއްޔާ،"މިފަދައިންނެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.






ރިއެކްޓް