ސިޔާސީ , ޚަބަރު

މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު މަގާމުން އިސްތިއުފާ ދެއްވައިފި

12 އޭޕްރީލް 2026 - 11:19
މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު މަގާމުން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މާކެޓިން ކޯޕަރޭޝަން (މިފްކޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރުހަތު އިސްތިއުފާ ދެއްވިކަން އިއުލާނު ކުރެއްވީ ދެންމެ މިފްކޯގެ އިސްވެރިންނާ އެކު ބޭއްވި ހާއްސަ ބައްދަލުވުމެއްގައެވެ. ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން ނަން ހާމަނުކުރުމަށް އެދި "ވިރާސީ" އަށް މައުލޫމާތު ދެއްވި މިފްކޯގެ އޮފިޝަލަކު ވިދާޅުވީ، ފަރުހަތު އިސްތިއުފާ ދެއްވީ ސިޔާސީ ގޮތުން ކުރިމަތިވަމުންދިޔަ އެކި ފިއްތުންތަކާ ގުޅިގެން، އެ ފިއްތުންތަކަށް ބޯނުލެނބުމުގެ ގޮތުން ކަމަށެވެ. އަދި އޭނާއަކީ މިފްކޯގެ ތާރީހުގައިވެސް ވައްކަމާއި ހިޔާނާތުގެ އަމަލުތަކާ އެންމެ ދުރު، ނަޒާހަތްތެރި ބޭފުޅެއްގެ ގޮތުގައި އެ އޮފިޝަލް ފާހަގަކުރެއްވިއެވެ.

ފަރުހަތު ޝަހީރު މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަން އަދި ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0