ޚަބަރު

ކައުންސިލް އިންތިހާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފި

11 އޭޕްރީލް 2026 - 13:30
ކައުންސިލް އިންތިހާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ތެރެއިން ނަތީޖާ އެއްވަރުވެފައިވާ ދާއިރާތަކުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ. މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވި ގޮތުގައި، ދެވަނަ ބުރުގެ އިންތިހާބު ބޭއްވުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. 

މި އަހަރުގެ ކައުންސިލް އިންތިހާބު ބާއްވާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. މިހާތަނަށް އިއުލާންކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، އިންތިހާބުގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ދެވަނަ ބުރުގައި ވޯޓުލުން ކުރިއަށްދާނީ ނަތީޖާ އެއްވަރުވި ދާއިރާތަކުގައި އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0