ސިޔާސީ , ޚަބަރު

އެތެރޭގެ މައްސަލަ ހައްލުވެ ރައީސް ނަޝީދުގެ ޝުކުރު ފަޔާއަށް!

11 އޭޕްރީލް 2026 - 12:29
އެތެރޭގެ މައްސަލަ ހައްލުވެ ރައީސް ނަޝީދުގެ ޝުކުރު ފަޔާއަށް!
ކުރީގެ ރައީސް ނަޝީދާއި ފައްޔާޒް އިސްމާއިލް. ފޮޓޯ: ވިރާސީ

ލޯކަލް ކައުންސިލް އިންތިހާބުގެ ފަހުން އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއި މައްސަލަތައް ހައްލުކުރުމުގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކުރެއްވި ބުރަ މަސައްކަތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ ހިލާފުތައް ހަމަޖެއްސެވުމަށް ފައްޔާޒް ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ. މީގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ވެސް ރައީސް ނަޝީދު ވަނީ މަރުހަބާ ދަންނަވާފަ އެވެ.

އެމްޑީޕީގެ އެތެރޭގެ މަސްލަހަތާ ގުޅޭގޮތުން ރައީސް ސޯލިހު ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޕާޓީގެ ތެރޭގައި ހުރި މައްސަލަތައް މިހާރު ހައްލުވެފައިވާ ކަމަށެވެ. މިއީ ޕާޓީގެ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، އެމްޑީޕީން އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކަމަށެވެ. އަދި އެ އިންތިހާބަށް އެމްޑީޕީން ނުކުންނާނީ ޕާޓީގެ ހުރިހާ ލީޑަރުން އެއްގަލަކަށް އަރައި، ބަދަހިކަމާއެކު އެކުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0