މާލޭ ގެއެއްގެ މަތިން ވެއްޓުނު މީހަކަށް ފަރުވާދެނީ
މާލޭގެ ގެއެއްގެ މަތިން މީހަކު ވެއްޓި އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާފަންނު ގެއެއްގެ މަތިން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ އިރުއޮއްސި 6:20 ހާއިރު ކަމަށެވެ. ނަމަވެސް އެ މީހާ ވެއްޓުނީ އެ އިމާރާތުގެ ކިތައްވަނަ ފްލޯއިން ކަމެއް އަދި ސާފެއް ނުވެއެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. އެ މީހާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ހޮސްޕިޓަލުންނާއި ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން އިތުރަށް ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.






ރިއެކްޓް