ޚަބަރު

ރައީސް އެންގެވި ގޮތާއި ޚިލާފަށް ކުންފުނިތަކުން ޚަރަދުކުޑަކުރުމަށް ޕީސީބީން އަންގައިފި

9 އޭޕްރީލް 2026 - 16:49
ރައީސް އެންގެވި ގޮތާއި ޚިލާފަށް ކުންފުނިތަކުން ޚަރަދުކުޑަކުރުމަށް ޕީސީބީން އަންގައިފި

ލޯކަލް ކައުންސިލް އިންތިޚާބު ނިމުނުކަމުގައި ވިޔަސް ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ނާޅާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައި ވަނިކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު އަންގައިފިއެވެ.

އީރާނާއި އެމެރިކާއާއި ދެމެދު މެދުއިރުމަތީގައި ހަނގުރާމަ ފެށިތާ 6 ހަފްތާ ފަހުން, ސަރުކާރު ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އަންގައިފިކަމަށް ބުނެ ޕީސީބީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ މި ފިޔަވަޅުތައް އެޅުމަށް މިދިޔަ މާރިޗް މަހުގެ 30 ވަނަ ދުވަހު ކުންފުނިތަކަށް އަންގާފައިވާ ކަމަށެވެ. މާރިޗް 30 ވަނަ ދުވަހަކީ ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އިންތިޚާބަށްފަހު ނާޅާނެކަމަށް ނޫސްކޮންފަރެންސެއްގައި ރައީސް ވިދާޅުވި ދުވަހެވެ.

ޕީސީބީގެ ބަޔާނުގައި ކުންފުނިތަކުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ގޮތުގައި ބުނެފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި މުވައްޒަފުންނަށް މަގާޏުގެ ކުރިއެރުން ދިނުން ވަގުތީގޮތުން ހުއްޓާލުމާއި, އިތުރުވަގުތު މަސައްކަތް ނުކޮށް ވާނޭ ގޮތަށް ކުންފުނިތަކުގެ މަސައްކަތްތައް ބައްޓަންކުރުމާއި, ރާއްޖެއިނ ބޭރަށް ކުރާ ދަތުރުތަކުގައި ބިޒްނަސް ކްްލާހުގައި ދަތުރު ނުކުރުމާއި ކޮންމެހެން ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެނިހެން ދަތުރުތައް ކުރުން ހުއްޓާލުމާއި ރާއްޖޭގެ އެތެރޭގައި ކުރާ ދަތުރުތައްް އެސަރަހައްދެއްގައި ފެރީ ދަތުރުކުރާނަމަ ފެރީއިން ކުރުން ހިމެނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0