ސަލްމާއަށް އަލުން މަގާމު ދީފި
ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރިތާ ދެ ދުވަސް ފަހުން، އޭނާއަށް އަލުން އެ މަގާމު ދީފިއެވެ.
ޑރ. ސަލްމާ ރަޝީދުގެ އިތުރުން އިބްރާހިމް ޝަރީފް (މުންދު) މަގާމުން ވަކިކޮށްފައިވަނީ މިދިޔަ ހޯމަ ދުވަ ހުއެވެ. މި ބޭފުޅުން މަގާމުން ވަކިކުރީ ސަލްމާގެ މަންމަ، އަސްމާ ރަޝީދު މީހަކާ ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވި މައްސަލައާ ގުޅިގެން ކަމަށް ބެލެވެ އެވެ.
މި މައްސަލައާ ގުޅިގެން އަސްމާ ރަޝީދު ޕީއެންސީން ވަކިކުރަން އުޅޭ ކަމުގެ އަޑުތަކެއް ވެސް މީސްމީޑިއާގައި ވަނީ ވަރަށް ގަދަވެފައެވެ. ނަމަވެސް، މަގާމުން ވަކިކުރިތާ ކުރު މުއްދަތެއްގެ ތެރޭގައި ސަލްމާއަށް އަލުން މަގާމު ދީފައިވާއިރު، މި ނިންމުން ނިންމި ސަބަބެއް ސަރުކާރުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.






ރިއެކްޓް