އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިބުރޭ މަގާމުން ވަކިކޮށްފި
އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އިބްރާހިމް ވަހީދު (އިބުރޭ) ދާދި ދެންމެއަކު މަގާމުން ވަކިކޮށްފިއެވެ.
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު ސޮއިކުރައްވާ ފޮނުއްވި ސިޓީގައި އެމްޑީޕީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާއާއި ހަވާލާދީ ބުނެފައިވަނީ އިބުރޭ ވަކިކުރުމަށް އަސާސީ ގަވާއިދު ތަންދޭ ކަމަށާއި އިބުރޭ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފުވެސް މިއަދު ވަނީ ވަކިކޮށްފައެވެ. މި ދެބޭފުޅުންވެސް ވަކިކޮށްފައިވަނީ ޕާޓީގެ އެތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ބެލެވެއެވެ. މި ދެބޭފުޅުން ވަކިކުރެއްވީވެސް ވަގުތީ ޗެއާއަށް ލިބިފައިވާ އިޚްތިޔާރުގެ ތެރެއިން ކަމަށްވީ ނަމަވެސް ވަކިކުރި ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ.






ރިއެކްޓް