ސިޔާސީ

އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން މަޢުރޫފު ވަކިކޮށްފި

7 އޭޕްރީލް 2026 - 16:42
އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން މަޢުރޫފު ވަކިކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މަޢުރޫފު އެމަގާމުން ވަކިކޮށްފިއެވެ.

މަޢުރޫފު ވަކިކުރެއްވިކަން އަންގައި އެމްޑީޕީ ހިންގުމާއި ހަވާލުވެހުންނެވި ވަގުތީ ޗެއާޕާސަން, އަބްދުލްޣަފޫރު ސޮއިކުރައްވާ ފޮނުއްވާފައިވާ ސިޓީގައި ވަކިކުރި ސަބަބެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ޕާޓީއަށް ކޮށްދިން ޚިދުމަތަށް "އެންމެ ޖުމްލައަކުން" ޝުކުރުއަދާކޮށްަފއިވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުން އެމްްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާއިން ކުރީގެ ރައީސް ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ބާކީކުރުމުން ޕާޓީތެރޭގައި މައްސަލަ ބޮޑުވެ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި މަޢުރޫފު ވަކިކުރުމުން މިއީ އެ މައްސަލައާއި ގުޅުންހުރި ކަމެއް ކަމަށް ބެލެވެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މަޢުރޫފަކީ ފައްޔާޒް އާއި ފިކުރު އެއްގޮތް ފައްޔާޒްގެ ޓީމުގެ މީހެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0