ސިޔާސީ

ޕީއެންސީ ސަރުކާރު ހިންގަނީ "ޖަނަވާރު ސްޓައިލަކަށް": ޖޭއެސްސީ ޔަޒްމީދު

7 އޭޕްރީލް 2026 - 15:23
ޕީއެންސީ ސަރުކާރު ހިންގަނީ "ޖަނަވާރު ސްޓައިލަކަށް": ޖޭއެސްސީ ޔަޒްމީދު

ޕީއެންސީ ސަރުކާރު ހިންގަނީ "ވަރަށް ޖަނަވާރު ސްޓައިލަކަށް" ކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައީސް މުޢިއްޒު އައްޔަންކުރައްވާފައިވާ މެންބަރު ޔަޒްމީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީއަށް ނޫނެކޭ ބުނުމަށް ޔަޒްމީދު އެހެން މީހަކަށް އިރުޝާދުދޭ އޯޑިއޯ ރިކޯޑިންގ އެއް ލީކުވެފައިވާއިރު އެ އޯޑިއޯގައި ޔަޒްމީދު ވަނީ ޕީއެންސީގެ ލީޑާޝިޕަށް ފާޑުކިޔައި އެދާއިރާގެ މެންބަރާއި ރައީސް މުޢިއްޒަށް ވިލިނގިލި ދާއިރާއަށް ތިން އަހަރުތެރޭ އެއްވެސް ކަމެއް ނުކޮށްދެވޭ ކަމަށް ބުނެފައެވެ.

އަދި މަނީލޯންޑަރިންގ ގެ ބޮޑު މައްސަލައެއްގައި ހައްޔަރުކޮށްފައިވާ 4 މީހެއްގެ މައްސަލައަކީ ޚުދު ޔަޒްމީދާއި ގުޅުން އޮތް މައްސަލައެއް ކަމަށާއި އެމީހުން ހައްޔަރުކޮށްފައިވަނީވެސް ޔަޒްމީދަށް ގެއްލުންދިނުމުގެ ގޮތުންކަމަށް ޔަޒްމީދު މި އޯޑިއޯގައި އިޢުތިރާފުވެއެވެ. އަދި އެ ހަތަރު މީހުން ދޫކޮށްލަން ބޭނުންވާނަމަ އެ މައްސަލައާއި ގުޅޭ އެންމެން ޕީއެންސީއާއި ދެކޮޅަށް ވޯޓު ދިނުމަށް ޔަޒްމީދު ވަނީ އޭނާއާއި ވާހަކަދައްްކަނ އިން މީހާއަށް ތަކުރާރުކޮށް އަންގާފައެވެ.

މި މައްސަލަ ސީދާ ރައީސް މުޢިއްޒުގެ އަރިހަށް ގެންގޮސްފައިވާ ކަމަށާއި އެ ހަތަރު މީހުންގެ މައްސަލަ ޕީޖީއާއި ހަމައަށް ނުގޮސް ނިމޭނެކަމުގެ އިޝާރާތެއްވެސް ޔަޒްމީދު ދީފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 1
މަޖާ މަޖާ 0