ހެންވޭރު ގެއެއްގެ ދޮރުމަތީގައި ހަބަރު ހުސްވެފައި އޮތް މީހަކަށް ފަރުވާދެނީ
މާލޭގެ ހެންވޭރު މަގަކަށް ވެއްޓި، ހަބަރު ހުސްވެފައި އޮތް ބިދޭސީއަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
މި މީހާ ފެނިފައިވަނީ ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތިންނެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ކަޅުހުރާ މަގުގެ ގެއެއްގެ ދޮރުމަތީގައި އަނގައިން ލޭ އައިސް، ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ ރިޕޯޓު ލިބިފައިވަނީ 2026 އޭޕްރީލް 6 ވާ އާދިއްތަ ދުވަހުގެ އިރުއޮއްސި 18:18 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި ހަބަރު ހުސްވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެކެވެ. އެ މީހާ ފެނުމާއެކު ވަނީ އިތުރު ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އެ މީހާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެ މީހާ ވެއްޓެން ދިމާވި ސަބަބާއި، އޭނާގެ ސިއްހީ ހާލަތާ ގުޅޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.






ރިއެކްޓް