ޚަބަރު , ސިޔާސީ

އެންމެ އެކްސްކަވޭޓަރެއްގެ އެހީގައި ގައްދޫ ބިންހިއްކަން ފަށައިފި

30 މާރިޗު 2026 - 15:58
އެންމެ އެކްސްކަވޭޓަރެއްގެ އެހީގައި ގައްދޫ ބިންހިއްކަން ފަށައިފި

ގދ. ގައްދޫގެ ބިންހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެންމެ އެކްސްކަވޭޓަރެއް ބޭނުންކޮށްގެން މިއަދު ފަށައިފިއެވެ. 

މި މަސައްކަތް މިއަދު ފަށާނެކަން އިއުލާނުކުރެއްވީ ރޭ ބޭއްވި ޕީއެންސީގެ ކެމްޕޭން ބައްދަލުވުމެއްގައި އެ ދާއިރާގެ މެމްބަރު މުހައްމަދު އަލީއެވެ.

މި މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވަނީ ކިހާ ބޮޑުމިނެއްގެ ބިމެއް ކަމެއް އަދި މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ ކިހާ މުއްދަތެއް ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އެންމެ  އެކްސްކަވޭޓަރެއް ބޭނުންކޮށްގެން މިފަދަ ބޮޑު މަޝްރޫއެއް ފެށުމުން މަސައްކަތް ކުރިއަށްދާނެ ދުވެއްޔާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އެރަށުން "ވިރާސީ" އާއި ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެކަށީގެންވާ ވަސީލަތްތައް ނެތި މި މަސައްކަތް މި ދަނޑިވަޅުގައި ފަށާފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އާންމުންނަށް ދަޅަ ދެއްކުމަށެވެ. މިއީ "ލޯކަލް ކައުންސިލް އިންތިޚާބަށް ޖެހި މަޅިއެއް" ގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.

މި މަޝްރޫއާ ގުޅޭ އިތުރު ތަފްސީލުތައް ހާމަކޮށްފައި ނުވާއިރު، އިންތިޚާބާ ދިމާކޮށް މިފަދަ މަޝްރޫއުތައް ފެށުމަކީ ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0