ބުރިޖު ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލަ ބަލަން ފަށައިފި
ސިނަމާލެ ބުރިޖުގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކާ ގުޅިގެން، ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގައި ބަޔަކު އުޅެމުންދާކަން ކަށަވަރުކޮށްދީފައެވެ.
"ވިރާސީ" އަށް މައުލޫމާތު ދެމުން ފުލުހުންގެ އޮފިޝަލެއް ވިދާޅުވީ، އެ ސަރަޙައްދު ބެލި ބެލުމުން ބައެއް ފަރާތްތަކުން އެތަން ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ބެލެވޭ ގޮތުގައި އެތަނުގައި އުޅެނީ ބިދޭސީން ކަމަށެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މިފަދަ މައްސަލަތަކުގައި އިޖުތިމާޢީ އެހީތެރިކަން ބޭނުންވާ ފަރާތްތައް ހިމެނިދާނެތީ، އެފަރާތްތަކުގެ މަސްލަހަތު ޙިމާޔަތް ކުރުމަށްޓަކައި ކަމާއި ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިފަދަ ކަންކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކޮށް ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.






ރިއެކްޓް