ޚަބަރު , ސިޔާސީ

ވޭޕް ގެންގުޅުނު މީހަކު 2،000 ރުފިޔާއިން ޖޫރިމަނާކޮށްފި

24 މާރިޗު 2026 - 13:55
ވޭޕް ގެންގުޅުނު މީހަކު 2،000 ރުފިޔާއިން ޖޫރިމަނާކޮށްފި
މީގެ ކުރިން ފުލުހުން އަތުލައިގަތް ވޭޕް ސްޓިކް ތަކެއް

ގިނަ އަދަދެއްގެ ވޭޕް ގެންގުޅުނު ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް އެކަކުން މީހަކު ހުއްޓުވައި ބަލައިފާސްކޮށް، 2،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެކެވެ.

ފުލުހުން މިއަދު ވިދާޅުވީ، މި އޮޕަރޭޝަން ހިންގާފައިވަނީ ކްރައިމް އިންޓެލިޖެންސާއި ހުޅުމާލެ ފޭސް 1 ގެ ސްޕެޝަލް އެންފޯސްމަންޓް ޓީމު ގުޅިގެން މި މާރިޗު މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. މި އޮޕަރޭޝަނުގައި ހުޅުމާލެ ޗަނބޭލީ މަގުން ދެ މީހަކު ހުއްޓުވައި ބަލައިފާސްކޮށްފައިވެއެވެ.

މި ބަލައިފާސްކުރުމުގެ ތެރޭގައި، އެތަނުން އެކަކު ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން 106 ވޭޕް އާއި 571 ވޭޕް ކާޓްރިޖު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. މި ތަކެތި ފެނުމާ ގުޅިގެން، އެ މީހާ ވަނީ ޖޫރިމަނާކޮށްފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅިގެން އެ މީހާ ޖޫރިމަނާކޮށްފައިވަނީ 2،000 ރުފިޔާއިންނެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0