ސިޔާސީ , ޚަބަރު

ސާޖިދާ ކެމްޕޭނަށް ތިނަދޫއަށް ވަޑައިގަތުމާ ދިމާކޮށް 50 ފްލެޓްގެ "ބިޔަ މަޝްރޫއެއް"

24 މާރިޗު 2026 - 09:58
ސާޖިދާ ކެމްޕޭނަށް ތިނަދޫއަށް ވަޑައިގަތުމާ ދިމާކޮށް 50 ފްލެޓްގެ "ބިޔަ މަޝްރޫއެއް"
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ކެމްޕޭން ދަތުރުފުޅެއްގައި ގދ. ތިނަދޫއަށް ވަޑައިގަތުމާ ދިމާކޮށް، އެ ރަށުގައި 50 ފްލެޓް އެޅުމުގެ "ބިޔަ މަޝްރޫއުގެ" އަމަލީ މަސައްކަތް ފަށައިފިއެވެ. 

މި މަޝްރޫއުގެ އިތުރުން ތިނަދޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޕީއެންސީ ތަރާވީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، އިންތިހާބުތަކާ ދިމާކޮށް ރަށްރަށަށް ދިއުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށެވެ.

ނަމަވެސް، ރަށެއްގައި ހިންގާ ބޮޑު (ބިޔަ) މަޝްރޫއެއް ނިމިގެން އެކަން ފާހަގަކުރުމަށް ރަށުގެ ރައްޔިތުން ދައުވަތު ދީފިނަމަ އެ ދައުވަތު ގަބޫލުކުރައްވައި އެ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އެރޭ ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނުގެ އަނބިކަނބަލުން ތިނަދޫއަށް މިއަދު ވަޑައިގަތުމާ ދިމާކޮށް، އެ ރަށުގައި 50 ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް ފެށުމުން ރައްޔިތުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑައް އަމާޒުވެފައެވެ. އަދި މިއީ ރައީސް ވިދާޅުވިފަދަ "ބިޔަ މަޝްރޫއު" އެއްތޯ ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ.

މި ދަތުރުފުޅު ކަވަރު ކުރުމަށް ރައީސް އޮފީހުގެ މިނިސްޓަރު ޚަލީލާއި ކޮމިއުނިކޭޝަން ޓީމުން އެކި ނޫސްތަކަށް ގުޅައި މެސެޖު ކުރައްވާފައިވާކަމަށް ވެސް "ވިރާސީ" އަށް ވަނީ މައުލޫމާތުލިބިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0