ސިޔާސީ

ރިޔާސީ އިންތިހާބުގެ ދެވަނަބުރު ނުބާއްވާ އިސްލާހުގެ މަސައްކަތް ފަށައިފ

23 މާރިޗު 2026 - 23:19
ރިޔާސީ އިންތިހާބުގެ ދެވަނަބުރު ނުބާއްވާ އިސްލާހުގެ މަސައްކަތް ފަށައިފ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރިޔާސީ އިންތިޚާބު އެއްބުރުން ނިންމާލެވޭނެ ގޮތްތަކާ ބެހޭ ދިރާސާތައް ސަރުކާރުން ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، އިންތިޚާބުތަކަށް ކުރާ ހޭދަ ކުޑަކުރުމަށާއި ނިޒާމު ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އެގޮތުން ގެނެވޭ އެންމެ މުހިންމު އެއް ބަދަލަކީ "ޕްރެފަރެންޝަލް ވޯޓިންގ ސިސްޓަމް" ނުވަތަ އިޚްތިޔާރު ދޭ ތަރުތީބުން ވޯޓުލާ ނިޒާމެއް ތައާރަފުކުރުން ކަމަށާއި އޭގެ ދިރާސާތައް ފަށާފައިވާކަމަށެވެ. އަދި "ދެ އިންތިހާބު އެއްކުރާ" ހިޔާލު ހޯދުމުގެ ވޯޓުގެ ފަހަށް މި އިސްލާހުވެސް މަޖިލީހަށް ހުށަހެޅިގެން ދާނެ ކަމަށާއި ރައްޔިތުންގެ ސީދާ ބަހެއް މިކަމަށް ބޭނުން ނުވާނެ ކަމަށެވެ.

މި ނިޒާމުގެ ސަބަބުން ދެވަނަ ބުރަކަށް ނުގޮސް، އެއްބުރުން ރައީސަކު ހޮވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން، ރިޔާސީ ދައުރު ފެށޭ ތާރީޚަކީ ނޮވެންބަރު 11 ކަމުގައި އަލުން ހަމަޖެއްސުމަކީވެސް މި އިޞްލާޙީ މަސައްކަތުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް، ސަރުކާރުން ގާނޫނު އަސާސީ އާއި އިންތިހާބާބެހޭ ގާނޫނުތަކަށް ގެންނަން އުޅޭ މި ބަދަލުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި ބައެއް ރައްޔިތުން ދަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މިއީ ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ރައީސް މުއިއްޒު "ތާއަބަދަށް ވެރިކަން ކުރުމުގެ މަގު ކޮށުމަށް" ކުރައްވާ މަސައްކަތެކެވެ. އަދި ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވައިގެން އިންތިހާބަށް "ސަރުކާރުގެ ފުރިހަމަ ނުފޫޒު" ފޯރުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

އިދިކޮޅު ކޯލިޝަނުން އިތުރަށް ތުހުމަތުކުރާ ގޮތުގައި މިއީ ހަމައެކަނި ފެށުމެކެވެ. ރިޔާސީ ދައުރުގެ މުއްދަތާއި، ދެ ދައުރު ހަމަވުމުން އިތުރަށް ކުރިމަތިނުލެވޭ ގޮތަށް އޮންނަ ގާނޫނުއަސާސީގެ މާއްދާވެސް ބަދަލުކުރުމުގެ ނިޔަތް މުއިއްޒުގެ އެބައޮތް ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0