އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކަކަށް ފަރުވާދެނީ
މާލޭ އެމް.ޕީ.އެލް ބަނދަރު ސަރަހައްދު ބޭރުން އެ ކުންފުނީގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 2026 މާރިޗު 21 ވަނަ ދުވަހުގެ ހެނދުނު 10:39 އެހާއިރުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ އެމް.ޕީ.އެލްގެ ޓަގު ބޯޓަކާއި އާންމު ލޯންޗެއް ޖެހިގެންނެވެ.
މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެގެން އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް، ކެޕްޓަނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގެއެވެ.
އެކްސިޑެންޓް ހިނގި ވަގުތު ލޯންޗުގައި ކެޕްޓަންގެ އިތުރުން 3 ފަޅުވެރިން ތިބި ކަމަށް ފުލުހުން ބުނެއެވެ. މި ކުރިމަތިލުމުގެ ސަބަބުން ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ފުލުހުން މިހާރު ގެންދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.






ރިއެކްޓް