ޚަބަރު

ގައްދޫ ތުނޑުކުނާ އދ. ގެ މައި މަރުކަޒަށް

20 މާރިޗު 2026 - 20:00
ގައްދޫ ތުނޑުކުނާ އދ. ގެ މައި މަރުކަޒަށް

ދިވެހިރާއްޖޭގެ މަޝްހޫރު ސަގާފީ ތުންޑުކުނައެއް ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ރަސްމީކޮށް ދައްކާލައިފި އެވެ.

ޒަމާނުއްސުރެ ކުނާ ވިއުމުގެ މަސައްކަތަށް މަޝްހޫރު ގައްދޫގައި އަތުން ވިޔެފައިވާ މި ކުނަލަކީ، ދިވެހި ދައުލަތުގެ ފަރާތުން އެރުވި ހަދިޔާއެކެވެ. މިހާރު އދ. ގެ އިމާރާތުގެ ތެރޭގައި ބަހައްޓާފައިވާ މި ކުނާ ދައްކާލުމުގެ ރަސްމިއްޔާތު އިސްކޮށް ކުރިއަށް ގެންދެވީ އދ. އަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، އދ. ގައި ތުނޑުކުނާ ދައްކާލުމަކީ ރާއްޖޭގެ މުއްސަނދި ސަގާފީ ތަރިކަ އާއި އަތްތެރި މަސައްކަތްތެރިކަން ރަމްޒުކޮށްދޭ ކަމެކެވެ. އަދި މިއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ސަގާފީ ހައިބަތު ވަރުގަދަކޮށްދޭ ކަމެއްވެސްމެ އެވެ. މިއީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، އދ. ގެ މެންބަރަކަށް ރާއްޖެ ވީތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ އަށް ފޮނުއްވި ހަދިޔާއެކެވެ. 

ތުނޑުކުނަލަކީ ހައިބަވަންތަ ކުރެހުންތަކާއި ކުލަތަކުން ފަރުމާކޮށްފައިވާ، ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް އަތްތެރި މަސައްކަތެވެ. އަދި ގައްދޫއަކީ މި މަސައްކަތަށް އެންމެ މަޝްހޫރު ރަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 1
މަޖާ މަޖާ 0