ޚަބަރު , ދީން

މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ ހުކުރު ދުވަސް

18 މާރިޗު 2026 - 21:06
މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ ހުކުރު ދުވަސް

މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މި މަހުގެ 20 ވާ ހުކުރު ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

މިކަން އިޢުލާންކުރެއްވީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ޖަލްސާއަށްފަހު ނެރުއްވި ހަނދާބެހޭ ބަޔާނުގައެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނީ، ރާއްޖޭގެ އެއްވެސް ރަށަކަށް ޝައްވާލުމަހުގެ ހަނދު ފެނިފައި ނުވާ ކަމަށާއި، އަދި އިސްލާމީ އެއްވެސް ޤައުމަކަށްވެސް ހަނދު ފެނުނުކަމުގެ ރަސްމީ މަޢުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
އެހެންކަމުން، މާރިޗު 20 ވާ ހުކުރު ދުވަހަކީ ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމަށާއި، އެ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސް ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.

ހަނދު ބެލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިންނެވެ. އެގޮތުން ހަނދު ފެނުނުކަމުގެ ހެކިބަސް ދިނުމަށް މާލޭގައިނަމަ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައި އަދި އަތޮޅުތަކުގައިނަމަ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ކުރިފުޅުމަތީގައި ހެކިބަސް ދިނުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0