މާލޭގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ
މި އަހަރުގެ ފިތުރު އީދު ނަމާދު މާލެ ސަރަހައްދުގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.
އެ މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގައި އީދު ނަމާދު ކުރާނެ މިސްކިތްތަކާއި މައިދާންތައް އާންމުކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން އާންމުކުރި ލިސްޓުގައިވާ ގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެއެވެ. އެ ތަންތަނަކީ:
- މާފަންނު ސްޓޭޑިއަމް
- ވިލިމާލެ ފުޓުބޯޅަ ދަނޑު
- ހުޅުމާލެ ފޭސް 1 ގެ ސިންތެޓިކް ޓްރެކް
- ހުޅުމާލެ ފޭސް 2 ގެ މަސްޖިދު ހަސަން އާދަމް އާއި ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސް މަގާއި ދުނބުރި ގަސްމަގާ އެއްކޮށް އޮންނަ ހުސްބިމުގައި
ބޮޑު ޖަމާއަތުގެ އިތުރުން، މާލެ ސަރަހައްދުގެ ޖުމްލަ 24 މިސްކިތެއްގައި ވެސް އީދު ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ގައެވެ.
ކޮންމެ އަހަރަކު ވެސް އީދާއި ބޮޑު އީދުގެ ނަމާދު މާލެ ސަރަހައްދުގެ އެކި މައިދާންތަކުގައި ބޮޑު ޖަމާއަތުގައި ކުރެއެވެ.






ރިއެކްޓް