ފޭދޫ ބަނދަރުގައި އޮތް ޑައިވިން ދޯންޏެއްގައި ރޯވެ އަނދަނީ
އައްޑޫ ސިޓީ ފޭދޫ ބަނދަރު ބޭރުގައި އަޅާފައި އޮތް ޑައިވިން ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ފޭދޫ ބަނދަރު ކައިރީގައި އޮތް މި ދޯނީގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި މިހާރު ދަނީ އެމްއެންޑީއެފް ސަަދަން އޭރިއާ ކޮމާންޑް، ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނުވަތަ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް މީޑިއާތަކާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.






ރިއެކްޓް