މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ
މާލެއިން އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ޅ. ނައިފަރު، ކަށިމާގެ، ފާޠިމަތު ނޫރާ (32އ) އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި، ނޫރާ ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 12:19 ހާއިރުއެވެ. އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާ ގެއިން ބޭރަށް ދިޔައީ ރޭ އަށެއް ޖަހާކަން ހާއިރުއެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް އާއިލާއަށް ލިބިފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ފާޠިމަތު ނޫރާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ލަސްނުކޮށް އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ. އެގޮތުން ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.






ރިއެކްޓް