ޚަބަރު

އައްޑޫ ސިޓީގެ ފަޅު ގޯއްޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

4 މާރިޗު 2026 - 09:57
އައްޑޫ ސިޓީގެ ފަޅު ގޯއްޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ފޮޓޯ: އެމްއެންޑީއެފް

އައްޑޫ ސިޓީ މަރަދޫފޭދޫގައި ހުރި ފަޅު ގޯއްޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މަރަދޫފޭދޫ ޔޫތު ސެންޓަރު ކައިރީގައި އޮތް ފަޅު ގޯއްޗެއްގައެވެ. އެ ގޯތީގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ 21:00 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

ހާދިސާގެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ 21:33 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0